ގަވައިދާ ހިލާފަށް ވިޔަފާރީގައި އުޅުނު 66 ބިދޭސީން އަތުލައިގެންފި
އަވަސް
13 ނޮވެމްބަރު 2025 | ބުރާސްފަތި | 2:00
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރީގައި އުޅެމުން ދިޔަ 66 މީހަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ އަތުލައިގެން ބިދޭސީންނަކީ ވިޔަފާރީގެ ހަރަކާތްތަކުގައި އެކި ގޮތްގޮތަށް ޝާމިލްވަމުންދާ މީހުންކަން ފާހަގަކުރެވިފައިވާ މީހުން ކަމަށެވެ. މި މީހުން އަތުލައިގަތީ މާލޭގެ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހަން ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ޖުމްލަ 347 ބިދޭސީއަކު ޗެކްކޮށްފައިވެ އެވެ. އިމިގްރޭޝަނުން 2023ގެ ނޮވެމްބަރުން ފެށިގެން ހިންގަމުންދާ މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 8،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑިޕޯޓްކޮށްލާފައިވެ އެވެ.