އިންނަމާދޫގައި ގާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި

އަވަސް

13 ނޮވެމްބަރު 2025 | ބުރާސްފަތި | 11:00

ރ. އިންނަމާދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

އިންނަމާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ. އިންނަމާދޫއާ އެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފަ އެވެ. މިރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރައްޔިތުންނާ ގާތުން ފުލުހުންނަށް ހިދުމަތް ދޭން ފަސޭހަ ވާނެ ކަމަށެވެ. "މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ސީޕީ ވިދާޅުވި އެވެ. އިންނަމާދޫގައި މިރޭ ހުޅުވި ފުލުހުންގެ މަރުކަޒަކީ މި އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ބިންގާ އެޅި ތަނެކެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު އިއުލާން ކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މައުޟޫޢުތަށް