މަހްލޫފާ އެކު އެމްޑީޕީގެ ބަޔަކު ޕީއެންސީއަށް ސޮއިކޮށްފި

އަވަސް

14 ނޮވެމްބަރު 2025 | ހުކުރު | 10:30

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓަރަކަށް ހުންނެވި އަހްމަދު މަހްލޫފާ އެކު އެމްޑީޕީގައި ކުރިން އުޅުނު އިސް ބަޔަކު ވެރިކަން ކުރާ ޕީއެންސީއަށް މިރޭ ސޮއިކޮށްފި އެވެ.

މިބޭފުޅުން ޕީއެންސީއަށް ސޮއިކޮށް އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ ޕީއެންސީގެ "ދިވެހީންގެ ރާއްޖެ" ޖަލްސާގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޯމު ހަވާލުކޮށްފަ އެވެ. މަހްލޫފް ޕީއެންސީއަށް މިރޭ ސޮއި ކުރެއްވިއިރު އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ. ވެރިކަން ކުރާ ޕީއެންސީއަކީ މިވަގުތު މެންބަރުންގެ އަދަދުވެސް އެންމެ ގިނަ ސިޔާސީ ޕާޓީ އެވެ.

މައުޟޫޢުތަށް