ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް

އަވަސް

15 ނޮވެމްބަރު 2025 | ހޮނިހިރު | 6:27

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 1،904،110 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކުރި 1،733،680 ފަތުރުވެރިންނަށްވުރެ 9.8 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.4 މިލިއަން ފަތުރުވެރިން -- 73.7 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 21.5 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 2.6 ޕަސެންޓް އަދި ސަފާރީތަކުގައި 2.1 ޕަސެންޓް ޗުއްޓީ ހޭދަކުރި އެވެ. ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 176 ރިސޯޓާއި 935 ގެސްޓްހައުސްގެ އިތުރުން 168 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

މައުޟޫޢުތަށް