ކައުންސިލް އިންތިހާބަށް ތައްޔާރުވާން އެމްޑީޕީން މަސައްކަތު ބައްދަލުވުމެއް

އަވަސް

15 ނޮވެމްބަރު 2025 | ހޮނިހިރު | 1:36

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

މި މަސައްކަތު ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އިންތިހާބަށް ތައްޔާރުވުމަށް މަސައްކަތު ބައްދަލުވުމެއް ފަށާފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ގެންނަ ބަދަލުތައް ހާމަނުކުރާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު ވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހަށް ހަމަވެފަ އެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މާޗް މަހުގެ 28 ވަނަ ދުވަހު އެވެ.

މައުޟޫޢުތަށް