އަތޮޅު ކައުންސިލްތައް އުވާލުމަށް އިސްލާހު ހުށަހަޅައިފި

އަވަސް

15 ނޮވެމްބަރު 2025 | ހޮނިހިރު | 7:00

އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މިއިސްލާހުތައް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. ޝުޖާއު އިސްލާހު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި 231 ވަނަ މާއްދާގެ ބައެއް އަކުރުތަކަށެވެ. ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) އިން އަތޮޅު ކައުންސިލް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރު އުނިކުރަން ހުށަހަޅާފައިވާއިރު އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތް ބަޔާންކުރާ ގާނޫނުއަސާާށީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިންވަނަ ނަންބަރު އުނިކުރަންވެސް ހުށަހަޅާފައިވެ އެވެ. މީގެއިތުރުން އަތޮޅު ކައުންސިލްތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ)ގައިވާ އަތޮޅު ކައުންސިލްގެ ބައި އުނިކުރަންވެސް ހުށަހަޅާފައިވެ އެވެ. އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށްވެސް އިސްލާހުތަކުގައިވެ އެވެ.

މައުޟޫޢުތަށް