ސިނގިރޭޓް ވައްކަން: ބިދޭސީއަކު ހައްޔަރުކޮށްފި
އަވަސް
16 ނޮވެމްބަރު 2025 | އާދިއްތަ | 10:03
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓޭނަރުގެ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ މުހައްމަދު އަލަމިން މިއާ (36އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި މީގެ ކުރިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނީގައި އުޅުނު މީހުންނާ އަދި ވައްކަން ކުރުމުގައި އެކި މަރުހަލާގައި ބައިވެރިވެފައިވާ ކަމަށް ތަހުގީގުން ހޯދުނު މީހުން ހިމެނެ އެވެ. މި މައްސަލައިގައި ބައެއް މީހުން ފުރުންވެސް މަނާކޮށްފައިވެ އެވެ. މައްސަލައިގެ ތަހުގީގުގެ ތެރެއިން އުޅަނދުތަކެއް ބަލައި ފާސްކޮށް މާލެ، ހުޅުމާލެ އަދި ތިލަފުށީގެ ބައެއް ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ.