އެމްއެމްބީސީގެ އެސްޖީގެ މަގާމަށް ހަމްދީ
އަވަސް
16 ނޮވެމްބަރު 2025 | އާދިއްތަ | 2:00
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަމްދީ އަގީލް އައްޔަންކޮށްފި އެވެ.
އެމްއެމްބީސީ އިން ވަނީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަމްދީ އައްޔަންކޮށްފައިވާ ކަން މިއަދު ޔަގީންވެސް ކޮށްދެއްވާފަ އެވެ. ހަމްދީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް އެވެ. ޕީސީބީގެ ރައީސްގެ މަގާމަށް ނޮވެމްބަރު 22، 2023ގައި އައްޔަންކުރި ހަމްދީ އެ މަގާމުން ވަކިކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. އެމްއެމްބީސީގެ އެސްޖީގެ މަގާމަށް ހަމްދީ އައްްޔަންކުރިއިރު، މިނިވަން މުއައްސަސާއެއްގެ ގޮތުގައި އެމްއެމްބީސީ އުފެއްދީވެސް ރައީސް މުއިއްޒުގެ ސަރުކާރުންނެވެ. އެމްއެމްބީސީގައި ތިއްބަވަނީ 7 މެންބަރުން ތިބެ އެވެ. ކޮމިޝަންގެ ރައީސަކީ މުހައްމަދު ފަރުސަތެވެ. ނައިބް ރައީސް އަކީ ޒަމްއަތު އަހްމަދު ވަހީދު އެވެ.