އަބްދުއްރަހްމާންގެ މަރުގެ މައްސަލަ: ތިން މީހަކަށް ދައުވާކުރަން އެދިއްޖެ

އަވަސް

17 ނޮވެމްބަރު 2025 | ހޯމަ | 12:41

އއ. މާޅޮހުގައި ރަހުމް ކުޑަކޮށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ އިދާރާ އިން ޕީޖީ އޮފީހުގައި ދައުވާކޮށްދިނުމަށް އެދުނީ އއ. މާޅޮސް، ފިޔަ، އަހްމަދު އާޝިދު (27 އ) އާއި، އެ ރަށު، ލިލީފެހި، މުހައްމަދު ވިޝާމް (22 އ)ގެ އިތުރުތުން އެ ރަށު ފިނިވާގޭ، އަހްމަދު ފާރިސް (27 އ)ގެ މައްޗަށެވެ. އަބްދުއްރަހްމާން ނިދާފައި އޮއްވާ އޭނާގެ ބޮލުގައި އެއްޗަކުން ޖަހައި މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:15 ހާއިރު އެވެ. އަބްދުއްރަހްމާންގެ މަރާ ގުޅިގެން ތަހުގީގުގެ ބޭނުމަށް އޭނާގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ވެސް ހެދި އެވެ. އަބްދުއްރަހްމާންގެ ހަށިގަނޑު ވަޅުލީ ޖުލައި 24 ގައެވެ.

މައުޟޫޢުތަށް