މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު ބޭނުންކުރި ދެ ގޮނޑި ހަދިޔާކޮށްފި

އަވަސް

17 ނޮވެމްބަރު 2025 | ހޯމަ | 8:13

ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު ބޭނުންކުރި ދެ ގޮނޑި އިނގިރޭސިވިލާތުން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ފަރާތުން އެ ދެ ގޮނޑި ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށް ދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ގޮނޑިތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ އެ ގޮނޑިތަކުން ރަމްޒުކޮށް ދެނީ ރާއްޖެ މިނިވަން ސިޔާދަތީ ދައުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަގުތުކޮޅު ކަމަށެވެ. އަދި މިފަދަ މާނަ ފުން ހަދިޔާއަކުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭކަމުގައި ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ލޯ ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 26، 1965 ވަނަ އަހަރު އެވެ.

މައުޟޫޢުތަށް