ދެ އަހަރު ތެރޭގައި ސްޓެލްކޯއިން 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފި
އަވަސް
18 ނޮވެމްބަރު 2025 | އަންގާރަ | 8:16
ގްރޭޓާ މާލެ ސަރަހައްދު ނުހިމަނައި ސްޓެލްކޯއިން ހިދުމަތްދޭ 29 ރަށެއްގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި 44 ޖެންސެޓް ބަހައްޓައިފި އެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 29 ރަށެއްގައި ޖުމްލަ 44 ޖެންސެޓް ބަހައްޓައި އެ ރަށްތަކަށް ޖުމްލަ 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދަށް ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 1.6 މެގަވޮޓުގެ ހައިސްޕީޑް 20 ޖެންސެޓް މާލެ ސަރަހައްދަށް އިތުރުކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. އެ ގޮތުން ސްޓެލްކޯ ހުޅުމާލެ އެނެކްސް 1 ގާއިމުކޮށް މިދިޔަ އަހަރު 1.6 މެގަވޮޓުގެ ހައިސްޕީޑް 8 ޖެންސެޓް އިންސްޓޯލްކޮށް، ސްޓެލްކޯ ހުޅުމާލެ އެނެކްސް 2 ގާއިމުކޮށް މި އަހަރު 1.6 މެގަވޮޓުގެ ހައިސްޕީޑް 12 ޖެންސެޓް އިންސްޓޯލްކޮށް ކޮމިޝަންކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.