ލޯކަލް ކައުންސިލް އިންތިހާބަށް އޮފިޝަލުން ހޯދަނީ

އަވަސް

18 ނޮވެމްބަރު 2025 | އަންގާރަ | 10:09

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވާ އޮފިޝަލުން ހޯދުމަށް އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. އީސީގެ އިއުލާންގައިވާ ގޮތުން އޮފިޝަލަކަށް ވެވޭނީ 18 އަހަރު ވެފައިވާ އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުން ނުދާ މީހުންނަށެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2،900 ރުފިޔާގެ އުޖޫރައެއް ކަނޑައަޅާފައިވާއިރު ވެރިޔާގެ އެހީތެރިންނަށް 2،600 ރުފިޔާ، އޮފިޝަލުންނަށް 2،300 ރުފިޔާ، ގުނާ އޮފިޝަލުންނަށް 1،800 ރުފިޔާ އަދި ރިޒާވް އޮފިޝަލުންނަށް 1،000 ރުފިޔާގެ އުޖޫރައެއް ލިބޭނެ އެވެ. އީސީން ވަނީ މަސައްކަތް ކުރާ ވަގުތުތަކުގައި ކެއުމާއި ސައިގެ އެލަވަންސާއި އިތުރުގަޑީގައި ފައިސާވެސް ދިނުމަށް ނިންމާފަ އެވެ. އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީން ކުރުމަށް ބާއްވާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 10-27 އަށެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް 28 ވަނަ ދުވަހު އެވެ. އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ނިންމާފައިވަނީ ޖެނުއަރީ 17 ގައެވެ.

މައުޟޫޢުތަށް