އާމްދަނީ 32 ބިލިއަނަށް

އަވަސް

18 ނޮވެމްބަރު 2025 | އަންގާރަ | 3:13

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް 32 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ވަނީ 32.6 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 32.3 ބިލިއަން ރުފިޔާއަށްވުރެ 0.7 ޕަސެންޓް އިތުރު އަދަދެކެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މި އަހަރު 24.6 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ 75 ޕަސެންޓެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.7 ބިލިއަން ރުފިޔާ ލިިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 24 ޕަސެންޓެވެ. ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީ އިތުރުވި ނަމަވެސް ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ މަދުވެފަ އެވެ. ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 611.6 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ މި މުއްދަތުގައި ލިބުނީ 278.9 މިލިއަން ރުފިޔާ އެވެ.

މައުޟޫޢުތަށް