އަންހެނަކު ގަދަކަމުން ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ބަލަނީ

އަވަސް

18 ނޮވެމްބަރު 2025 | އަންގާރަ | 9:00

މާލޭގެ ގެއެއްގެ ތެރޭގައި އަންހެން ކުއްޖަކު ގަދަކަމުން ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެން ކުއްޖަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ. މާލޭގައި މިދިޔަ ހަފްތާގެ ތެރޭގައި އަންހެނަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އޭރު އަނިޔާ ލިބިފައިވަނީ 24 އަހަރުގެ އަންހެނަކަށެވެ. ފުލުހުން ބުނީ އައިޖީއެމްއެޗުން ބެލުމަށް ފަހުގައި، އަންހެން މީހާއަށް ޖިންސީ އަނިޔާ ލިބިފައި ހުރި ކަމަށް ހަމަ އެ ދުވަހު ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ނުބުނެ އެވެ.

މައުޟޫޢުތަށް