ދަރަނި 151 ބިލިއަން ރުފިޔާއަށް އަރައިފި

އަވަސް

19 ނޮވެމްބަރު 2025 | ބުދަ | 11:38

ރާއްޖޭގެ ޖުމްލަ ދަރަނި 151 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން މި ދަރަނީގެ ތެރޭގައި ބަޖެޓަރީ ސެންޓްރަލް ގަވަމެންޓް (ބީސީޖީ) ދަރަނީގެ އިތުރުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނިވެސް ހިމެނެ އެވެ. ބީސީޖީ ދަރަނި މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު 130.2 ބިލިއަން ރުފިޔާގައި ހުރިއިރު ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނި ހުރީ 20.8 ބިލިއަން ރުފިޔާގަ އެވެ. ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 129 ޕަސެންޓްގަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ޖުމްލަ ދަރަނި ހުރީ 146.7 ބިލިއަން ރުފިޔާގަ އެވެ. ދެ ވަނަ ކުއާޓަރު ނިމުނުއިރު ހުރީ 149 ބިލިއަން ރުފިޔާގަ އެވެ.

މައުޟޫޢުތަށް