ސަރުކާރުން ފަށާ ޓެކްސީ ހިދުމަތަށް 400 އަށްވުރެ ގިނަ ޑްރައިވަރުން ހޯދަނީ

އަވަސް

19 ނޮވެމްބަރު 2025 | ބުދަ | 4:25

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީގެ ހިދުމަތަށް 400 އަށްވުރެ ގިނަ ޑްރައިވަރުން ހޯދަން އިއުލާނުކޮށްފި އެވެ.

ޓެކްސީގެ ހިދުމަތް ދޭ އެމްޓީސީސީން ވަނީ ޖުމްލަ 407 ޑްރައިވަރުން ހޯދަން އިއުލާނުކޮށްފަ އެވެ. މީގެ ތެރެއިން 122 ޑްރިވަރުން ހޯދަނީ ޕާޓްޓައިމް ޑްރައިވަރުންގެ ގޮތުގަ އެވެ. އެމްޓީސީސީން ބުނީ މި ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން ޑްރައިވަރުން ނެގުމުގައި މި ވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް އިސްކަންދޭނެ ކަމަށެވެ. ޓެކްސީ ހިދުމަތަށް ޑްރައިވަރުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ވަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ. ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އެންމެ ފުރަތަމަ ހާމަކުރެއްވީ "މާލެ ފަހި ޕްރޮގްރާމް" އިއުލާންކުރުމަށް މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ސަރުކާރުގެ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.

މައުޟޫޢުތަށް