އެންޑީއޭގެ ކްލައިންޓުންނަށް ޑްރަގު ދީގެން ގުޅުން ހިންގާ މީހަކު ހައްޔަރުކޮށްފި

އަވަސް

20 ނޮވެމްބަރު 2025 | ބުރާސްފަތި | 2:17

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ފަރުވާ ހޯދަންދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ހިންގާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސ. ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހް (51އ) އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު އެވެ. މި މައްސަލަ އެންޑީއޭ އިން ފުލުހުންނަށް ހުށަހެޅީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރީ އެންޑީއޭގައި ޕިއާ މެންޓާއެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ.

މައުޟޫޢުތަށް