ޒުވާނުންގެ ވެހި ހުޅުވައިފި

އަވަސް

20 ނޮވެމްބަރު 2025 | ބުރާސްފަތި | 5:54

ޒުވާނުންނަށް ހާއްސަކޮށްގެން ގާއިމުކުރި ޔޫތު ތާޑް ސްޕޭސް -- ޒުވާނުންގެ ވެހި ހުޅުވައިފި އެވެ.

ޒުވާނުންގެ ވެހި ހުޅުވައި ދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ. ލިލީމަގުގައި މުލިއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުން ދިޔަ އިމާރާތާއި ގޯތީގައި ގާއިމުކުރި ޒުވާނުންގެ ވެހި ފަރުމާ ކޮށްފައިވަނީ ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތަށް ހިންގުމާއި ޒުވާނުންނަށް ހާއްސަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ހިންގޭ ގޮތަށެވެ. އެ ގޮތުން ޔޫތު ކައުންސެލިން އަދި ޔޫތު ވެލްބީން ހިދުމަތް މިތަނުން ލިބެ އެވެ. މި ތަނުގައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ބޫޓް ކޭމްޕްތަކާއި ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ވާޗުއަލް ރިއަލިޓީ ޓްރެއިނިން ހިމެނެ އެވެ.

މައުޟޫޢުތަށް