ފަސީހުގެ ބަންދަށް 15 ދުވަސް

އަވަސް

21 ނޮވެމްބަރު 2025 | ހުކުރު | 9:10

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އަށް ފަރުވާ ހޯދަންދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސ. ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހް (51އ) އެވެ. ކްރިމިނަލް ކޯޓުން ފަސީހްގެ ބަންދަށް މުއްދަތު ޖެހީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ. ފަސީހްއަށް ކުރާ ތުހުމަތާ ގުޅިގެން އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ. ފަސީހް އަކީ އެންޑީއޭގައި ޕިއާ މެންޓާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. މި މައްސަލަ އެންޑީއޭ އިން ފުލުހުންނަށް ހުށަހެޅީ މިމަހުގެ ހަތަރުވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މައުޟޫޢުތަށް