ވޭމަންޑޫގައި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައިފި

އަވަސް

21 ނޮވެމްބަރު 2025 | ހުކުރު | 11:00

ތ. ވޭމަންޑޫގައި ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޮވެންބަރު މަހުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ވޭމަންޑޫގައި ހުޅުވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެ އެވެ. ވޭމަންޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައުޓްރީޗް ސެންޓަރު ހުޅުވައިދެއްވީ ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެ ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާން އެވެ. މިރަސްމިއްޔާތުގައި ތ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ވޭމަންޑޫ އައުޓްރީޗް ސެންޓަރުގައި ދެ ކްލާސް ރޫމާއި އޮފީސް ބައެއް ހިމެނެ އެވެ.

މައުޟޫޢުތަށް