މިނިސްޓަރު އަބްދުﷲ ނާސިރުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
އަވަސް
21 ނޮވެމްބަރު 2025 | ހުކުރު | 5:00
ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސީރު (ހެރިންސް އަބްޅޯ)ގެ މަންމަ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، އަބްދުﷲ ނާސިރުގެ މަންމަ ޝަރީފާ މުހައްމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށެވެ. "އެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރަން. މަރްހޫމާ ޝަރީފާ މުހައްމަދު މާތްﷲގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލައްވާށި،" ރައީސް ވިދާޅުވެފައިވެ އެވެ. މިނިސްޓަރު ނާސިރުގެ މަންމާފުޅުގެ މޫނުދެއްކުމާއި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު ގައެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަޣްރިބް ނަމާދަށް ފަހު އެވެ.