ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ހޭދަކޮށްފި

އަވަސް

22 ނޮވެމްބަރު 2025 | ހޮނިހިރު | 1:42

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް މި އަހަރުގެ މިހާތަނަށް 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ނެޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ބޯންމެރޯ ހެދުމަށް މި އަހަރުގެ މިހާތަނަށް އެހީ ދީފައިވަނީ 10 ކުއްޖަކަށެވެ. އެ ކުދިންނަށް ކުރި ހަރަދުގެ ޖުމްލަ 1،513،821 ރުފިޔާ އެވެ. ބޯންމެރޯ ހެދުމަށް މިދިޔަ އަހަރު އަހަރު ނުވަ ކުއްޖަކަށް 7،303،110 ރުފިޔާ ޒަކާތު ފަންޑުން ހޭދަކޮށްފައިވެ އެވެ. ތެެލެސީމިއާ ކުދިންގެ ތެރެއިން ބޯންމެރޯ ފަރުވާ ކުރެވެން ތިބި ކުދިންގެ ތެރެއިން ކޮންމެ އަހަރަކުވެސް 10 ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވުމަށް ހެލްތު މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއް އެކުލަވާލާފަ އެވެ.

މައުޟޫޢުތަށް