ރައީސް ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ
އަވަސް
22 ނޮވެމްބަރު 2025 | ހޮނިހިރު | 4:30
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭ ރައްޔިތުންނާ މާދަމާރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވާ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވި އިއުލާނުކުރެއްވުމާ އެއްގޮތްވާ ގޮތުގެމަތީން ބާއްވާ ބައްދަލުކުރެއްވުމެކެވެ. މި ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:30 ގައި މުޙްޔިއްދީން ސްކޫލުގަ އެވެ. މި ބައްދަލުވުމަށް ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ވަނީ ދައުވަތު އަރުވާފަ އެވެ. ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރު ކަމުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު މާލެ ސިޓީ ހިންގި ގޮތަށް ނުހިނގާތީ ރައްޔިތުންގެ ޝަކުވާ ލިބޭ ކަމަށާއި އެހެންވެ މާލޭގެ ވަކިވަކި އަވަށްތަކުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ދެނެގަތުމަށް މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.