ޑްރަގާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

އަވަސް

23 ނޮވެމްބަރު 2025 | އާދިއްތަ | 11:51

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ.މަނަދޫ / ރޯޝަނީގެ ، ޙަސަން ނާޙިލް (18އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހުޅުމާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން އޭނާގެ އަތުގައި އެއްޗެއް ފޮރުވަން މަސައްކަތްކުރާ ކަމަށް ފުލުހުންނަށް ފާހަގަކުރެވިގެން އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދަނިކޮށް ނިރޮޅު މަގު ބަސް ސްޓޮޕެއް ކައިރިން ކަމަށް ފުލުހުން ބުންޏެވެ. ބަސްޓޮޕް ކައިރިން އޭނާ ހުއްޓުވާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާއި މި ތަކެތީގެ ބަރުދަނުގައި 31.23 ގްރާމް ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް