ޝަރުއީ ދާއިރާ ތަރައްގީކުރަން ސައުދީއާ އެކު އެއްބަސްވުމަކަށް
އަވަސް
24 ނޮވެމްބަރު 2025 | ހޯމަ | 8:57
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްއާ ރާއްޖޭގެ ސުޕްރީމް ކޯޓާ ދެމެދު އެއްބާރުލުން އިތުރުކޮށް ޝަރުއީ ދާއިރާ ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސައުދީގެ ވެރިރަށް ރިޔާދުގައި ކުރިއަށްދާ އިންޓަނޭޝަނަލް ޖުޑީޝަލް ކޮންފަރަންސްގެ ހަވާސާގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ސައުދީގެ މިނިސްޓްރީ އޮފް ޖަސްޓިސް ޑރ. ވާލިދް އަލް ސަމާނީ އެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދޭތެރޭގައި ހަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ:-
ރާއްޖޭގެ ޝަރުއީ ދާއިރާއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށާއި އެ ދާއިރާ ތަރައްގީކުރުމަށް މީގެކުރިންވެސް ކަމާ ގުޅޭ ބައެއް ގައުމުތަކުގެ އިދާރާތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.