ފަލަސްތީނާއި ޖޯޑަނަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަނީ
އަވަސް
24 ނޮވެމްބަރު 2025 | ހޯމަ | 9:19
ރާއްޖެއިން ދެ ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުންގެ ނަން ހުށަހަޅައިފި އެވެ.
އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އިއްވާ އެވެ. އެ ގޮތުން ފަލަސްތީނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ޑރ. އިބްރާހީމް ޒުހުރީ އަދި ޖޯޑަންއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ޑރ. ހާލާ ހަމީދު އައްޔަންކުރަން ރައީސް މުއިއްޒު ހުށަހެޅުއްވި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަތައް ދިރާސާކުރަން ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.