ޓެކްސް އެޕީލް ޓްރައިބިއުނަލަށް 14 ބޭފުޅެއްގެ ނަން

އަވަސް

24 ނޮވެމްބަރު 2025 | ހޯމަ | 9:40

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ 14 ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު މިމަހުގެ 29 ވަނަ ދުވަހަށް ހަމަވެ އެވެ. ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ މައުލޫމާތު ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

މި ނަންތައް ދިރާސާކޮށް މަޖިލީހަށް ފެންނަ ގޮތެއްގެ މަތީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ކަމަށް އައްޔަންކުރާނެ ފަސް ބޭފުޅެއްގެ ނަން ފާސްކޮށް ދެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ އެދިވަޑައިގެންފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ނަންތައް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

މައުޟޫޢުތަށް