ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް
އަވަސް
24 ނޮވެމްބަރު 2025 | ހޯމަ | 10:44
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ. މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއެކު މިއަދު މެންދުރުފަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު އެކި ހިސާބުތަކަށް ވިއްސާރަކޮށް އާންމު ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އެ ގޮތުން އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން ވަައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.