ސްޓެލްކޯގެ އިލެކްޓްރީޝަން ކޯސް ފޯ ވިމެން ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި
އަވަސް
24 ނޮވެމްބަރު 2025 | ހޯމަ | 3:41
ސްޓެލްކޯ އިން ހިންގި ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
ސްޓެލްކޯގައި މިއަދު އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެވެ. ޖުމްލަ ހަތް ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކޯހުގައި ބައިވެރިވެ 166 ކަނބަލުން ކޯސް ފުރިހަމަކުރި ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ސްޓެލްކޯ އިން ހިންގަމުންދާ ތަމްރީން ޕްރޮގްރާމުތަކުގެ ތެރެއިން އިލެކްޓްރިކްޝަން ކޯސްތަކަކީ ވަރަށް ގިނަ ބަޔަކަށް އެމީހުންގެ ކެރިއާ ބިނާކުރުމަށް ލިބިފައިވާ ވަރަށް ރަނގަޅު ފުރުސަތެކެވެ.