އިންފުލުއެންޒާ އާއި ޑެންގޫ ފެތުރެނީ
އަވަސް
25 ނޮވެމްބަރު 2025 | އަންގާރަ | 9:40
އިންފުލުއެންޒާ އާއި ޑެންގޫ ވަރަށް ގަދައަށް ފެތުރެމުންދާ ކަމަށް ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ޑރ. ފައިސަލް ވިދާޅުވީ މާލޭގައި އިންފްލުއެންޒާ ވަރަށް ގަދައަށް އެބައުޅޭ ކަމަށެވެ. "ބައެއް ކުދިންގެ ގައިގައި ރިއްސާ، ނުހިނގޭވަރުވެސްވޭ،" ފައިސަލް ވިދާޅުވި އެވެ. އިންފުލުއެންޒާ ފެތުރޭތީ ވެކްސިން ޖެހުމަށް ޑޮކްޓަރު ފައިސަލް ވަނީ އިރުޝާދު ދެއްވާފަ އެވެ. މީގެ އިތުރުން ކ. އަތޮޅުގައި ޑެންގޫ ވަރަށް ގިނަ ކަމަށާއި ހާއްސަކޮށް ހިންމަފުށްޓާއި މާފުށީގައި ޑެންގޫ ގިނަ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ޑެންގޫއަކީ މަދިރިން ޖެހޭ ބައްޔެކެވެ.