ދިރާގުޕޭ މެދުވެރިކޮށް މާދަމާ އެންމެ ރުފިޔާއަކަށް ކޮފީއެއް
އަވަސް
25 ނޮވެމްބަރު 2025 | އަންގާރަ | 2:20
ދިރާގު ފިންޓެކް އިން ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްއިން ތައްޔާރުކޮށް ވިއްކާ ހާއްސަ ބުއިންތައް ބުދަ ދުވަހު އެންމެ ރުފިޔާއަކަށް އަޖުމަ ބަލާލެވޭނެ އެވެ. ދިރާގުން ބުނީ ބުދަ ދުވަހު ހުޅުމާލޭގައި ހުންނަ ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއެއް ހަރަދުކޮށްގެން، އެ ތަނުން ލިބެން ހުންނަ 12 އައުންސުގެ ބުއިންތަކުގެ ތެރެއިން އިހްތިޔާރުކުރާ އެއް ބުއިން ލިބޭނެ ކަމަށެވެ. ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް، ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ. ހުޅުމާލެ ފޭސް 1ގެ ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްއިން ޕްރީމިއަމް އިންގްރީޑިއެންޓްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަފާތު ވައްތަރުތަކުގެ ކޮފީ އާއި ސައިގެ ބުއިންތައް ލިބެންހުރެ އެވެ. 33 ކަސްޓަމަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ތަނުން ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ހާއްސަ އުފެއްދުމެއް ކަމުގައިވާ އައިސް ބްލެންޑެޑް ބުއިންތަކާއި އެކި ބާވަތްތަކުގެ ކާތަކެތި ލިބެންހުރެ އެވެ. މީގެ ތެރޭގައި ޕޭސްޓްރީސް، ސޭންޑްވިޗް އަދި ފޮނިކާތަކެތި ހިމެނެ އެވެ. ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ. މި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ބުނެފަ އެވެ.