އަލީ އާޒިމްގެ ކެމްޕޭނާ ފައްޔާޒު ގުޅިވަޑައިގެންފި

އަވަސް

25 ނޮވެމްބަރު 2025 | އަންގާރަ | 6:00

ކުރިއަށް އޮތް އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމަށް ތާއީދުކުރައްވައި އޭނާގެ ކެމްޕޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމުން ދާދިފަހުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް ގުޅިވަޑައިގެންފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އަލީ އާޒިމްއާ ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ. ފައްޔާޒު މިއަދު ވަނީ އަލީ އާޒިމްގެ ފަރާތުން ބޭއްވި އިވެންޓެއްގައި ބައިވެރިވެ އޭނާއަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިއުލާންކުރައްވާފަ އެވެ. ފައްޔާޒުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އަލީ އާޒިމަށް ތާއީދުކުރައްވާފަ އެވެ. އާދަމް އާޒިމާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނަށް ތާއީދު ކުރެއްވި ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މައުޟޫޢުތަށް