ރަސްމާލެ ހިއްކުން އަންނަ މާޗް ނުވަތަ އެޕްރީލްއަށް ނިމޭނެ: ރައީސް
އަވަސް
26 ނޮވެމްބަރު 2025 | ބުދަ | 9:04
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އަންނަ މަހު ބޮޑު ޑްރެޖަރެއް އަންނާނެ ކަމަށެވެ. އަދި މިހާރުވެސް ތިން ސަރަހައްދަކުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު ފުރަތަމަ ބުރުގައި 15،000 ގޯއްޗަށް މިހާރު އިއުލާނުކޮށްފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
ރަސްމާލެ ހިއްކުމަށްފަހު އެތަނުން ގޯތި ދޫކޮށް ފްލެޓް އިމާރާތް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރަސްމާލެ ހިއްކަން ފަށާފައިވަނީ ޑިސެމްބަރު 18، 2023ގަ އެވެ.