މަޖިލީހުގެ ތިންވަނަ ދައުރުގެ މުއްދަތު އިތުރުކުރަނީ

އަވަސް

26 ނޮވެމްބަރު 2025 | ބުދަ | 9:11

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. "އެހެން ނަމަވެސް މި ދައުރުގައި މަޖިލީހުން ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމާއެކު އަޅުގަނޑު ގަސްތުކުރަނީ ހަތަރެއް ޑިސެމްބަރު 2025 ގެ ނިޔަލަށް މި ދައުރު އިތުރުކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި ވޯޓަށް އެހުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންކަމުން ދައުރު އިތުރުކުރުމާމެދު ވޯޓަށް އެހުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި އޮންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް