ޖަޕާންގެ ސަފީރަކަށް މަހުލޫފު އައްޔަންކުރަން ރުހުން ހޯދަނީ

އަވަސް

26 ނޮވެމްބަރު 2025 | ބުދަ | 11:12

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އަހުމަދު މަހުލޫފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅުއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މަހުލޫފަށް ރުހުން ދިނުމާމެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. މަހުލޫފަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފަ އެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މަހުލޫފް ވަނީ މި މަހުގެ 14 ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ.

މައުޟޫޢުތަށް