މަޖިލީހުގެ ދައުރު އިތުރުކުރަން ފާސްކޮށްފި
އަވަސް
26 ނޮވެމްބަރު 2025 | ބުދަ | 11:52
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އަބްދުއްރަހީމް ހުށަހެޅުއްވީ ތިން ވަނަ ދައުރު ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށެވެ. ދައުރު އިތުރުކުރަން ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ. ދައުރު އިތުރުކުރަން ހުށަހެޅުއްވީ މި ދައުރުގައި މަޖިލީހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.