ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ އިނާޔަތް ކަނޑާލަނީ

އަވަސް

27 ނޮވެމްބަރު 2025 | ބުރާސްފަތި | 8:58

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުން އޮފީސް ހިންގުމަށް ދައުލަތުން ދޭ ފައިސާ އުނިކުރަން އިސްލާހެއް ހުށަހަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކު މުޖުތަމައުއަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެ ބޭފުޅަކު ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަހަކު 175،000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ޖެހެ އެވެ. އެ އިނާޔަތް އުނި ކުރި ނަމަވެސް ނައިބުރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 25،0000 ރުފިޔާ ދޭން ބިލުގައި ވަނީ ހިމަނާފަ އެވެ. އަދި އެ ބޭފުޅުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. ކުރީގެ ރައީސުން ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ އެ މުއްދަތުގައި ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެން ނުވާކަމަށް އިސްލާހުގައިވެ އެވެ.

މައުޟޫޢުތަށް