ސްކޭމް މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

އަވަސް

27 ނޮވެމްބަރު 2025 | ބުރާސްފަތި | 10:16

ސްކޭމް މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލައިގައި ތުހުމަތެއް ވުޖޫދުވާ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ. އެ ގޮތުން މި މައްސަލައިގައި މީހަކު ދީފައިވާ ބަޔާނާއި ބޭންކް އޮފް މޯލްޑިވްސްއަށް ފުލުހުންގެ ހިދުމަތުން ފޮނުވި އީމެއިލް އާއި އޭގެ ރިޕްލައި އަދި މޯލްޑިވްސް އިސްލާމިކް ބޭންކަށް ފުލުހުން ފޮނުވި އީމެއިލް އާއި އޭގެ ރިޕްލައި އަދި މައްސަލަ ހުށަހަޅާ ފަރާތުން ފުލުހުންނާ ހިއްސާކޮށްފައިވާ ސްކްރީން ޝޮޓް ހިމެނެ އެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ބަންދު ރެކޯޑް އޮތް މީހެއް ނޫން ކަމަށް ކޯޓު އަމުރުގައިވެ އެވެ.

މައުޟޫޢުތަށް