ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް

އަވަސް

27 ނޮވެމްބަރު 2025 | ބުރާސްފަތި | 1:05

ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ދެ މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ ޒިޔާރަތްކުރީ އިނގިރޭސިވިލާތުގެ ބެތެނީ ސާރާ އެވެ. ބެތެނީ ރާއްޖެ ޒިޔާރަތްކުރީ އޭނާގެ ފިރިމީހާއާއެކު ހަނީމޫނަށެވެ. ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމްގެ އިތުރުން ވިޒިޓް މޯލްޑިވްސް އަދި އިންޑަސްޓްރީގެ ޕާޓްނަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މައުޟޫޢުތަށް