އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި
އަވަސް
27 ނޮވެމްބަރު 2025 | ބުރާސްފަތި | 2:42
ޗާންދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި އެވެ.
އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީންނެވެ. މި މަސައްކަތަކީ ރައީސް އޮފީހުން އެ މިނިސްޓްރީއާ ގަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ޢިމާރާތް ތަޅާލަން ނިންމީ އެ އިމާރާތަކީ މީހުން ބޭނުންކުރުން ރައްކާތެރި ހާލަތެއްގައި ހުރިތަނެއް ނޫން ކަމަށް ވާތީ އެވެ. އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި އެ ތަނުގައި ޕާކިން ޒޯނަކާއި، ޕާކެއް ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.