ކައުންސިލަރުންގެ އަދަދު މަދުކުރަން ފާސްކޮށްފި
އަވަސް
27 ނޮވެމްބަރު 2025 | ބުރާސްފަތި | 2:52
ކައުންސިލަރުންގެ އަދަދު މަދުކުރަން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މިއިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އެވެ. މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 54 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. ބިލްގައި ވަނީ 2،000 އަށް ވުރެ ބޮޑު އާބާދީ ހިމެނޭ ރަށްތަކަށް ފަސް ކައުންސިލަރުން އަދި 2،000 އަށް ވުރެ ކުދި އާބާދީގެ ރަށްތަކަށް ތިން ކައުންސިލަރުން ހޮވާ ގޮތަށް ހިމަނާފަ އެވެ. ތިން ކައުންސިލަރުން އިންތިހާބުކުރާ ރަށްރަށުގެ ކައުންސިލުން އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރާއިރު ފަސް ކައުންސިލަރުން އިންތިހާބުކުރާ ރަށްރަށުން ދެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންވެސް ބިލްގައިވެ އެވެ. ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަ ގޮތަކީ 3،000 އަށް ވުރެ ބޮޑު އާބާދީ ހިމެނޭ ރަށްރަށުގައި ހަތް ކައުންސިލަރުން އަދި އެއަށް ވުރެ ކުދި އާބާދީގެ ރަށްރަށުގައި ފަސް ކައުންސިލަރުން ހޮވުމެވެ.