ލަންކާގައި އުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ

އަވަސް

28 ނޮވެމްބަރު 2025 | ހުކުރު | 7:00

ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސް ކޮށްފި އެވެ.

އެމްބަސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ތޫފާން ޑިޓްވާގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ކަނޑު ގަދަވެ، ބިންގަނޑު ކަނޑައިގެން ދިޔުންފަދަ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށާއި ވިއްސާރައިގެ ސަބަބުން ލަންކާއަށް ރަތް ސަމާލު ނެރެފައިވާ ކަމަށެވެ. ލަންކާގައި ދިރިއުޅޭ ރައްޔިތުންނާއި އެގައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތަށްޓަކައި ކުރަންވީ ބައެއް ކަންކަންވެސް އެމްބަސީން ވަނީ ބުނެދީފަ އެވެ. އެއީ:

ސްރީލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވެއްޖެނަމަ 94761886666+ އަށް ގުޅުމަށްވެސް އެމްބަސީން އެދިފައިވެ އެވެ.

މައުޟޫޢުތަށް