ވެލިދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް ފަށައިފި
އަވަސް
28 ނޮވެމްބަރު 2025 | ހުކުރު | 5:00
ނ. ވެލިދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް މިއަދު ފަށައިފި އެވެ.
މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. ވެލިދޫ ސިއްހީ މަރުކަޒުގައި މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ޑަޔަލިސިސްގެ ހިދުމަތް ވެސް ފަށާފަ އެވެ. އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތައް އަދި ސިއްހީ މަރުކަޒުތައް ތަރައްގީކޮށް މާލެއަށް ބޭސް ފަރުވާ ހޯދަން ދިއުން މަދުކުރުމަކީ ސަރުކާރުގެ ވައުދެކެވެ.