ފަޅު ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި

އަވަސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 8:26

މާލޭގައި ހުރި ފަޅު ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވީ މ. މާމުޓާ ކިޔާ ފަޅު އިމާރާތެއްގަ އެވެ. މި ހާދިސާގެ ރިޕޯޓް ރޭ ފަތިހު 04:11 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް، މާލޭ ފަޔާ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފަ އެވެ. މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 04:46 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މައުޟޫޢުތަށް