ސެޕްޓެމްބަރު މަހަށްވުރެ އޮކްޓޫބަރުގައި އަގުތައް ދަށަށް
އަވަސް
29 ނޮވެމްބަރު 2025 | ހޮނިހިރު | 8:52
ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް މިއަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު ފާއިތުވި އޮކްޓޫބަރު މަހު ދަށަށް ގޮސްފި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އަށް ބަލާއިރު ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު ފާއިތުވި އޮކްޓޫބަރު މަހު އިންފްލޭޝަން ހުރީ 0.17 ޕަސެންޓް ދަށުގަ އެވެ. ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި މި އަދަދު ހުރީ 0.26 ޕަސެންޓް ދަށުގަ އެވެ.
ސީޕީއައި ރިޕޯޓަށް ބަލާއިރު އޮކްޓޫބަރު މަހު ކަނޑުމަހުގެ އަގުތައް 1.47 ޕަސެންޓް އުފުލުނެެވެ. މީގެ އިތުރުން ފަރުނީޗަރާއި ކާޕެޓްގެ އަގު ފާއިތުވި އޮކްޓޫބަރު މަހު 2.44 ޕަސެންޓް އުފުލުނުއިރު މޯބައިލް ޓެލެފޯނު އިކުއިޕްމަންޓްގެ އަގު 1.87 ޕަސެންޓް ބޮޑުވި ކަމަށް ސީޕީއައި ރިޕޯޓުގައި ބުނެފައިވެ އެވެ.