ލަންކާއަށް 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަނީ

އަވަސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 9:16

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ ގައުމަށް އެހީވުމުގެ ގޮތުން 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގަ އެވެ. އެ ގޮތުން މި އެހީ ދޭން ނިންމީ ތޫފަން "ޑިޓްވާ" ގެ ސަބަބުން ލަންކާގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. މި އެހީ ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. ތޫފާން ޑިޓްވާގެ ސަބަބުން ލަންކާއަށް ކުރަމުންދާ ބޯ ވިއްސާރައިގައި ފެން ބޮޑުވެ ހިނގި ހާދިސާތަކުގައި މިހާތަނަށް 69 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މައުޟޫޢުތަށް