ސަނީގެ މައްސަލަ ބަލަން ފަށައިފި

އަވަސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 5:00

ޓޫރިޒަމާ ގުޅޭ ވިޔަފާރިތަކުގައި މަޝްހޫރު ބޭފުޅެއް ކަމުގައިވާ ޑރ. ސަނީ އުމަރު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެެއްގައި ބުނީ ސަނީއަށް ތުހުމަތުކުރާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވި ނަމަވެސް ރިޕޯޓްކޮށްފައި ނުވި ނަމަވެސް އެ އިދާރާގެ ސަމާލުކަމަށް މައްސަލަ އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ސަނީ އަކީ ޓްރެވަލް ގައިސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އެވެ. އެ ކުންފުންޏަކީ މޯލްޑިވްސް ހަލާލް ޓްރެވަލް، ދި އައިލެންޑް ޕޯސްޓް ފަދަ ޓޫރިޒަމް ދާއިރާގެ މަޖައްލާތަކާއި ފޮތްތައް ނެރޭ ކުންފުންޏެކެވެ. އަދި މޯލްޑިވްސް ހަލާލް ޓްރެވަލްގެ ނަމުގައި ޓްރެވަލް އެޖެންސީއެއްވެސް ސަނީ ހިއްސާވާ ކުންފުނިން ހިންގަ އެވެ. ރާއްޖޭގައި ކުރިއަރަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ދޭ އެވޯޑެއް ކަމަށްވާ "ގޯލްޑް 100" އަކީ ވެސް ސަނީގެ ބައިވެރިވުން އޮންނަ ކޯޕަރޭޓް މޯލްޑިވްސް އިން ދެމުންދާ އެވޯޑެކެވެ. ސަނީއަށް ތުހުމަތު ކުރާ މައްސަލަ ފެންމަތިވުމާ ގުޅިގެން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ.

މައުޟޫޢުތަށް