ތިނަދޫގައި ހަށިވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

އަވަސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 11:45

ގދ. ތިނަދޫގައި ހަށިވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތިނަދޫގައި ފައިސާއަށް ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ރޭ 11:30 ހާއިރު ހިންގި އޮޕަރޭޝަންގައި އެ ރަށު ގެއެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެކެވެ. ދެމީހުން ވެސް ހައްޔަރުކުރީ ބަދުއަހުލާގީ އަމަލު ހިންގަނިކޮށް ކުށުގެ ވެށިން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފިރިހެން މީހާ ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފަ އެވެ. އަދި އަންހެން މީހާ ހަތަރު ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުޟޫޢުތަށް