ގަވާއިދާ ހިލާފަށް އުޅުނު ނުވަ ބިދޭސީއަކު އަތުލައިގެންފި

އަވަސް

30 ނޮވެމްބަރު 2025 | އާދިއްތަ | 7:30

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްދާ މަސައްކަތުގައި ރޭ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. ރޭ ހިންގި އޮޕަރޭޝަނުގައި ލޭބާ އެކޮމޮޑޭޝަންއަކާއި ގާ އެޅުމުގެ މަސައްކަތްކުރާ ތަނެއް ބަލައިފާސްކޮށްފައިވެ އެވެ. ރާއްޖޭގައި އުޅޭ ބިދޭސީން ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވައި އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނެސް އެމީހުންނަށް އިހުމާލުވާ ފަރާތްތަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ގެންދަނީ ބުނަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު މިހާތަނަށް 8،000 އަށް ވުރެ ގިނަ ބިދޭސީން މިވެރިކަމުގައި ޑީޕޯޓްކޮށްފައިވެ އެވެ.

މައުޟޫޢުތަށް