ސިލޯނާއެކު ދިވެހީން ޓެލެތޯން ފަށައިފި
އަވަސް
30 ނޮވެމްބަރު 2025 | އާދިއްތަ | 9:21
ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން -- "ޑިޓްވާ" އާ ގުޅިގެން އެ ގައުމަށް އެހީވުމަށް ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން އިސްނަގައިގެން ބާއްވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފި އެވެ.
މި ޓެލެތޯން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. މި ޓެލެތޯން މިރޭ މެންދަމު 01:00ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. 26 މީޑިއާއަކާއެކު ކުރިއަށް ގެންދާ މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން ޓްރާންސްފާ އަދި ބޭންކް ޗެކް މެދުވެރިކޮށް ޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ އެވެ. ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ހާއްސަ އެކައުންޓެއްވެސް ވަނީ ހަދާފަ އެވެ. އަވަސްއަކީ މި ޓެލެތޯންގެ ޕާޓްނަރެކެވެ. :7730000796107 : : 7730000796106 :